Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިނިސްޓަރ މާރިޔާ ރާޖަޕަކްސާ އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ބައްދަލުކުރައްވައިފިއެވެ.

ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާޖަޕަކްސަ އާއި ބައްދަލުކުރައްވައި މާރިޔާ ވަނީ ލަންކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ސޯލިހާއި ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރުދަންނަވާފައެވެ.

އަދި ދެ ޤައުމު ގުޅިގެން ޑިފެނސް ކޯޕަރޭޝަންގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމާއި ކޯވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މާރިޔާ ލަންކާ އަށް ވަޑައިގެންނެވީ އެގައުމުގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެންއެސްއޭ ލެވަލް މީޓީން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއީ ލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނދުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ