Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައްޔިތުންނަށްޓަކައި ވާންޖެހުނު ޤުރުބާނީއެއް ވާނަން، ޤައުމު ދޫކޮށް ނުފިލާނަން: ރައީސް ޔާމީން

ރައްޔިތުންނަށްޓަކައި ވެވަޑައިގަންނަވަންޖެހުނު ކޮންމެ ޤުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމުގައާއި ރާއްޖެ ދޫކުރައްވައި ފިއްލަވައިވަޑައިނުގަންނަވާނެ ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އިސްކޮށް ހުންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ބައްދަލުކުރައްވައި ދެއްވި މެސެޖެއްގައެވެ. މިއަދު ޢަބްދުއްރަޙީމްވަނީ ރައީސް ޔާމީން ހުންނެވި މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި ރައީސް ޔާމީނާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ދެއްވި މެސެޖަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވަންޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމުގައެވެ. އަދި ކޮންމެފަދަ ޙާލެއްގައި ހުންނަވަން ޖެހިވަޑައިގަތަސް ޤައުމު ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ޔާމީން ދެއްވިއެވެ.
އަދި އެމަނިކުފާނު ރައްޔިތުން ކިބައިން އެދިވަޑައިގެންފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގައި މި ސަރުކާރު ބަލިކުރުމަށްވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ސާބިތުކަމާއި ހިތްވަރާއެކު މަސައްކަތްކުރުމަށްވެސް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ ރައީސް ޔާމީނަށްޓަކައި އަދި މި ޤައުމަށްޓަކައިވެސް މިއަދު ކުރެއްވޭނެ އެންމެ މުހިއްމު މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި މި ސަރުކާރު ކޯލިޝަން ވޯޓު ފޮށިން، އިންތިޚާބުގެ ނަތީޖާއިން ބަލިކުރުން ކަމަށާއި، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެންމެހާ ރައްޔިތުން ކިބައިން އެ ނަތީޖާ ދައްކަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ޔާމީނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެމަނިކުފާނު ޖަލަށް ލިތާ މިއަދަށް 1 އަހަރު ފުރިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ މުޅި ރާއްޖޭގައި އިހުތިޖާޖުކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުންވަނީ ކަނޑުމަތީގެ ޚާއްޞަ އިހުތިޖާޖެއް މިއަދު ބާއްވާފައެވެ.
މި ލިއުމާއި ގުޅޭ