Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރެއްވޭނީ ރައީސް ޔާމީނަށް އެކަނި: ޑރ.މުޢިއްޒު

ޤައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރެއްވޭނީ ހަމައެކަނި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް، އަދި ރައީސް ޔާމީނުގެ ކެބިނެޓުގައި ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދިޔަ ކަނޑުމަތީ އިހުތިޖާޖާ ގުޅިގެން ޗެނަލް-13އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނު މިނިވަންވެވަޑައިގެން ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަކީ މިހާރު މުޅި ޤައުމުގެ ގޮވުން ކަމުގައެވެ. އަދި އެއީ ޤައުމުން އެދޭ އެންމެ ބޮޑު އެދުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ޔާމީން ހުރަގެއަށް ލުމަށްފަހު ސަރުކާރުންދަނީ މި ޤައުމުގެ މިނިވަންކަން ނިގުޅައިގަނެ، ޤައުމުގެ ޤައުމުގެ މުސްތަޤުބަލު ބަނަކުރަމުން ކަމަށާއި، އެކަން ބަލަހައްޓައިގެން ތިބުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި ހަރަކާތަކީ ރައީސް ޔާމީން ބަންދުކޮށްފައި ހުރި ހިސާބަށް ގޮސް އިހުތިޖާޖުކުރުމަށް ކުރާ މަސައްކަތެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރުވީއިރު އެމަނިކުފާނު ޖަލުން ސަލާމަތްކުރުމަށް އިދިކޮޅު އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި، ނަމަވެސް ނާއިންސާފުން ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އިންސާފު ހޯދުމަށް ކުރި މަސައްކަތުގައި މި ސަރުކާރުން އެއްވެސް މިންވަރެއްގެ އެއްބާރުލުމެއް ލިބިފައިނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ޢަޒުމެއް ނުގުނޑާނެ ކަމުގައެވެ. އަދި އުންމީދު ނުގެއްލޭނެ ކަމުގައެވެ. ހަމައެހެންމެ ރައީސް ޔާމީން މިނިވަންވެވަޑައިގެން ޤައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމުގައެވެ.
މި ލިއުމާއި ގުޅޭ