Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންޑިއާގެ އިޤްތިސާދު 7.5 އިންސައްތަ ކުޑަވެއްޖެ

އަހަރުގެ 3 ވަނަ ކުއާޓާގައި އިންޑިއާގެ އިޤްތިސާދު 7.5 އިންސައްތަ ކުޑަވެއްޖެއެވެ.

އެ ޤައުމުގެ އިޤްތިސާދު 7.5 އިންސައްތަ ކުޑަވެފައިވާނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާ އާއި އަޅާ ބަލާއިރުގައެވެ. 7.5 އިންސައްތަ ކުޑަވި ނަމަވެސް މިއީ އެ ޤައުމުގެ އިޤްތިސާދީ މާހިރުން ލަފާކުރި ވަރަށްވުރެ ދަށް އަދަދެކެވެ. އެހެން ނަމަވެސް އިންޑިއާ ފަދަ ބޮޑު އިޤްތިސާދެއް 7.5 އިންސައްތައިން ކުޑަވުމަކީ އޭގެ ނޭދެވެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަކެވެ.

މިއަަހަރުގެ ދެވަނަ ކުއާޓާގައި އިންޑިއާގެ އިޤްތިސާދު 24 އިންސައްތަ ކުޑަވިއެވެ. އެގޮތަށް ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކޮވިޑު-19 އާއި ގުޅިގެން އެ ޤައުމުގެ ވިޔަފާރިތައް އެއްކޮށް ބަންދުކޮށްފައި އޮތުމެވެ.

ކޮވިޑު-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ އިންޑިއާއެވެ. އިޤްތިސާދީ ގޮތުން އެޤައުމަށް ހީނަރުކަން އައިސްފައިވާއިރު 9.3 މިލިއަން މީހުންނަށް ވަނީ ކޮވިޑު-19 ޖެހިފައެވެ. އަދި އެ ބަލީގައި 140،000 މީހުން ވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ