Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޖޯ ބައިޑެންގެ ވެރިކަމުގައި ގުއަންޓަނާމޯބޭ ޖަލު ބަންދުކުރާނެތަ؟

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ކުރީގެ ނައިބުރައީސް ޖޯ ބައިޑަންގެ ވެރިކަމެއްގައި ގުއަންޓަނާމޯބޭ ޖަލު ބަންދުކުރުމާ ގުޅޭ ގޮތުން އޭނާގެ ކެމްޕެއިން ޓީމަށް ސުވާލެއް އަމާޒުކުރެވުނެވެ. އެ ސުވާލުގެ ޖަވާބުގައި އެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލު ބަންދުކުރުމަށް ތާއީދުކުރެއްވުން މަތީ ބައިޑެން ދެމި ހުންނަނަވާނެ ކަމުގައެވެ. އަދި އެތަން ބެހެއްޓުމަކީ ނިރުނބަވެރިން ރެކްރޫޓުކުރުމުގެ މަސައްކަތަަށް ހިތްވަރު ލިބޭ ކަމެއް ކަމުގައާއި އެއީ ދައުލަތެއްގެ ގޮތުގައި އެމެރިކާގެ އަގުކުރުންތަކާ ފުށުއަރާ ކަމެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ބައިޑެންއާއި އޭނާގެ ޓީމަށް ގުއަންޓަނާމޯބޭގެ މައްސަލައަކީ އެންމެ ބޮޑު އަދި އެންމެ މުހިއްމު މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައި ޤަބުލުކުރެވޭ ކަމުގައި ނުފެނެއެވެ. ބައިނޑެންގެ ފަރާތުން ފޮރިން އެފެއާޒް ނޫހުގައި ޝާއިޢުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ އެމެރިކާގައި ޑިމޮކްރަސީ ހަރުދަނާކޮށް އެ ޤައުމާ އެހެން ޤައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމުގައެވެ. އަދި ޑިމޮކްރަސީގެ މަގުގައި ފަހަތަށް ފިޔަވަޅުއަޅާ ޤައުމުތަކާ ކުރިމަތިލައި، އެކީގައި މަސައްކަތްކުރާނެ ތާވަލުތަކެއް ހަދަންޖެހޭ ކަމުގައެވެ. ގުއަންޓަނާމޯބޭ ޖަލަކީ ޑިމޮކްރަސީގެ ލީޑަރެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށް އޮތް ހުރަހެކެވެ. އެއީ އެމެރިކާއާމެދު އޮންނަ އިތުބާރު އިއާދަކުރުމަށް އޮތް ގޮންޖެހުމެއްވެސްމެއެވެ.ބަންދުކުރުން ފަސޭހަނުވާނެ

ކިއުބާގެ އިތުރު އުތުރުން އޮންނަ ގުއަންޓަނާމޯބޭގައި ހުރި ޖަލު ވަގުތީ ގޮތުން ނުރަނބަވެރިން ކަމުގައި ތުހުމަތުވާ މީހުން ބަންދުކުރަން ނިންމެވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއެވެ. އެ ނިންމެވުން ނިންމެވީ އެމެރިކާއަށް 11 ސެޕްޓެންބަރު 2001 ވަނަ ދުވަހުބ ދިން ހަމަލާތަކާ ވިދިގެން އޭނާ ފެއްޓެވެރި އަފްޣާނިސްތާނު ހަނގުރާމައާ ގުޅިގެންނެވެ.

މިއަދާ ހަމައަށްވެސް އެ ޖަލު ހުރީ ހުޅުވާފައެވެ. އެ ޖަލުގައި ޓެރަރިޒަމްގެ ތުހުމަތުވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 11 ސެޕްޓެންބަރުގެ ހަމަލާ ރޭވި ކަމުގައި ތުހުމަތުވާ ޚާލިދު ޝައިޚު މުޙައްމަދު ހިމެނެއެވެ. އެތަނަކީ އެމެރިކާގެ ދުޝްމަނުން ތާއީދު ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ކަމުގައި 2005 ވަނަ އަހަރު ޖޯޖް ބުޝް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ބަރަކް އޮބާމާގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި އެ ޖަލު ބަންދުކުރައްވަން ވަޢުދުވެވަޑައިގެންނެވިއެވެ. އަދި އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައި، 2009 ވަނަ އަހަރުގެ 21 ޖެނުއަރީގައި އެ ޖަލުގައި އަނިޔާވެރި އުސްލޫބުތައް ބޭނުންކޮށްގެން ތަހުގީގުތައް ހިންގުން ހުއްޓައިލުމަށާއި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ޖަލު ބަންދުކުރުމަށް ސީއައިއޭއަށް އަންގަވައި ރިޔާސީ ޤަރާރެއް ނެރުއްވިއެވެ. އެހެންނަމަވެސް ޖަލު ބަންދުކުރުމަށް އޮބާމާ ކުރެއްވި ހުރިހާ މަސައްކަތަކަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކޮންގުރެސްއިން ދެކޮޅު ހަދައި ހުރަސްއަޅާފައިވެއެވެ.

2006 ވަނަ އަހަރު ގުއަންޓަނާމޯބޭގައި ގާތްގަނޑަކަށް 775 ޤައިދީން ތިއްބެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ބުޝް އަދި އޮބާމާގެ ވެރިކަމުގައި އެމީހުންގެ އަސްލު ޤައުމުތަކަށް ފޮނުވާލެވިފައިވެއެވެ. ނުވަތަ އެހެން ޖަލުތަކަށް ބަދަލުކޮށްފައިވެއެވެ. އަދި ބައެއް ޤައިދީން ތިންވަނަ ދައުލަތަކާ ހަވާލުކޮށްފައިވާއިރު ކުށް ސާބިތުނުވާ ބައެއް ޤައިދީން މިނިވަންކޮށްފައިވެސްވެއެވެ. އޮބާމާ ވެރިކަން ދޫކުރެއްވިއިރު އެ ޖަލުގައި ތިބީ 41 ޤައިދީންނެވެ.

2016 ވަނަ އަހަރުގެ ރިޔާސީ އެ ޖަލުގައި ތިބި ޤައިދީން މިނިވަންނުކުރައްވާނެ ކަމަށާއި، އެއީ ޞުލްޙައިގެ ވަގުތުގައި ހުޅުވާފައިވާ ތަނެއްގެ ގޮތުގައި އަދި ހަނގުރާމައިގެ ވަގުތުގައި ޤައިދީން އިތުރުވާނެ ތަނެއްގެ ގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ޑޮނާލްޑް ޓުރަމްޕު ވަޢުދުވެވަޑައިގެންނެވިއެވެ. އޭނާގެ ވެރިކަމުގައި އެ ޖަލުން އެއްވެސް ޤައިދީއަކު މިނިވަންކޮށްފައިނުވެއެވެ.ބައިޑެންގެ މަސައްކަތް ފަސޭހަވާނެ

މިއަދު ގުއަންޓަނާމޯބޭ ޖަލު ބަންދުކުރުމަށް ބޭނުންވަނީ 41 ޤައިދީންނާ ގުޅޭ މައްސަލަތައް ނިންމުމެވެ. ޖަލު ބަންދުކުރުމުގެ ފަހަތުން އަދާކުރަންޖެހޭ ސިޔާސީ އަގު އެއްފަރާތްކުރުމަށްފަހު މަސައްކަތްކޮށްފި ނަމަ ބައިޑެންގެ ސަރުކާރަށް މި މަސައްކަތް ފަސޭހަވާނެއެވެ. އަދި ކޮންގުރެސްއަށް ވިސްނައިދީގެން ދެ ބާރުގެ މެދުގައި އެއްބަސްވުމެއް އޮވެގެން އެކަން ކުރާނަމަ، އިތުރަށް ފަސޭހަވާނެއެވެ.

ކޮންގުރެސްގެ ތާއީދާއި މަދަދާ ނުލައި މި ޖަލު ބަންދުކުރެއްވުމަކީ ބައިޑެންއަށް ކުރެއްވޭނެ ކަމެއް ކަމުގައި ނުފެނެއެވެ. މި ޖަލު ބަންދުކުރުމަކީ އެމެރިކާގެ އަމާންކަމަށް އިތުރު ޔަޤީންކަމެއް ލިބޭނެ ކަމެއް ކަމާއި، އެކަމުގެ ސަބަބުން ދުނިޔޭގެ ޤިޔާދަތުގައި އެމެރިކާއިން އަދާކުރާ ރޯލު އަނބުރާ ހޯދުމަށް ފުރުޞަތު ފަހިވާނެ ކަމުގައިވެސް މުޙައްލިލުން ވިދާޅުވެއެވެ.

ކޮންގުރެސްގެ ރިސާޗް ސާވިސްއިން ހެދި ދިރާސާއިން ދައްކާ ގޮތުގައި ގުއަންޓަނާމޯބޭ ޖަލުގައި ތިބި ޤައިދީންކުރެ ކޮންމެ ޤައިދީއަކަށް އަހަރެއްގެ މައްޗަށް 13 މިލިއަން ޑޮލަރަށްވުރެ މަދު ނޫން މިންވަރެއް އެމެރިކާގެ ޚަޒާނާއިން ހޭދަކުރެއެވެ.އެންމެ ފަހު ޤައިދީން

ގުއަންޓަނާމޯބޭގައި މިހާރު ތިބި 41 ޤައިދީންގެ ތެރެއިން 12 މީހުންނަކީ ޢަސްކަރީ ކޯޓުތަކުގައި ޝަރީޢަތްކުރަމުންދާ މީހުންނެވެ. 19 މީހުންނަކީ 12 އަހަރާއި 19 އަހަރާ ދެމެދުގެ މުހުލަތެއް އެ ޖަލުގައި ހޭދަކުރި މީހުންނެވެ. އެ މީހުންނާމެދު އަސްކަރީ ކޯޓުތަކުގައިވެސް ތުހުމަތެއް އުފުލި ދައުވާއެއް ކުރެވިފައި ނެތެވެ.

ގުއަންޓަނާމޯބޭ ޖަލާއި އެ ޖަލުގައި ތިބި ޤައިދީންގެ ޙާލަތު ބަލަހައްޓާ އެމެރިކާގެ އަސްކަރީ ޝަރުޢީ ދާއިރާއިންވަނީ 10 ޤައިދީއެއް އެހެން ޤައުމުތަކުގެ ޖަލަށް ބަދަލުކުރަން އެއްބަސްވެފައެވެ. އަދި އަސްކަރީ ކޯޓުތަކުން އެއިން 5 މީހަކު އެ މީހުންގެ އަސްލު ޤައުމުތަކުގެ ޖަލަށް ބަދަލުކުރަން ހުއްދަ ދިން ނަމަވެސް ޓުރަމްޕުގެ ސަރުކާރުން އެކަން ނުކުރުމުގެ ސަބަބުން އެ މީހުން މިހާރުވެސް ތިބީ ގުއަންޓަނާމޯބޭ ޖަލުގައެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓްރީގައި ހަނގުރާމައާ ބެހޭ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބެންޖަމިން ފާލޭ "ޖަސްޓް ސެކިއުރިޓީ" ވެބްސައިޓުގައި ލިޔުއްވާފައިވަނީ މި ސަބަބުތަކަށްޓަކައި ބައިޑެންގެ ސަރުކާރު އޮތީ ގުއަންޓަނާމޯބޭ ޖަލު ސާފުކޮށް، އެ ޖަލު ބަންދުކުރުމަށް ވަރަށް އެކަށޭނެ އަދި މުނާސަބު ޙާލަތެއްގައި ކަމުގައެވެ.

މީގެ 12 އަހަރު ކުރިން ޤައިދީން އެމެރިކާގެ ބިމަށް ބަދަލުކުރަން އޮބާމާ އުޅުއްވުމުން އެއިރު ކޮންގުރެސްގެ މެންބަރުން ވިސްނެވީ އެ ޤައިދީން އެމެރިކާއަށް ގެނައުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައެވެ. ނަމަވެސް މިއަދު ޙާލަތުވަނީ ބަދަލުވެފައެވެ، 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެމެރިކާއަށް މިހާތަނަށް ބޮޑު ޓެރަރިސްޓު ހަމަލާއެއް ދީފައިނުވެއެވެ.

މި ލިއުމާއި ގުޅޭ