ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ޖަލުގައި ހުންނަވާތާ 1 އަހަރު ފުރުމާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ ކަނޑުމަތީ އިހުތިޖާޖު ކުރަން ނިންމައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ކަނޑުމަތީ މިފަދަ ހަރަކާތެއް ބާއްވާފައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާ 13:30 އަށް ހުޅުމާލޭ ފެރީ ޓާމިނަލްގެ ދެކުނު ފަރާތަށް އައުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.
މި މުޒާހަރާ ރާވަމުން ދާތީ ފުލުހުން ވަނީ އިދިކޮޅު ބައެއް ލީޑަރުން ފުލުހަށް ހާޒިރުކޮށް މުޒާހަރާ ނުބާއްވަން އަންގާފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާ މުޒާހަރާ ކުރާނެކަމަށް ބުނެފައެވެ.