Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މުސާރަ ދިނުމަށް 8.2 ބިލިއަން ރުފިޔާ ހަރަދުކޮށްފި

މުސާރަ އާއި އިނާޔަތްތަކަށް ސަރުކާރުން 8225.7 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން 1 ޖެނުއަރީ އިން 19 ނޮވެމްބަރުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކަށް ސަރުކާރުން ވަނީ 8225.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުން އެކަމަށް ހަރަދުކޮށްފައިވަނީ 8222.1 މިލިއަން ރުފިޔާއެވެ.

ދައުލަތުން 19 ނޮވެމްބަރުގެ ނިޔަލަށް ހިންގުމުގެ ހަރަދުގެ ގޮތުގައި 15596 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑު ބަޔަކީ މުސާރަ ދިނުމަށް ހޭދަވި ފައިސާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ސިޔާސީ ފަރާތްތަކުގެ މުސާރަ ކުޑަކުރި ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވީނަމަވެސް ދައުލަތުގެ ހިސާބުތައް ދައްކާގޮތުން ޖުމްލަ މުސާރައަށް ކުރި ހަރަދު މިދިޔަ އަހަރާއި ބަލާއިރު މަދުވެފައި ނުވެއެވެ. މިއަހަރު އެވްރެޖެކޮށް މަހެއްގެ މައްޗަށް ހަމައެކަނި ސިޔާސީ ފަރާތްތަކުގެ މުސާރަށް ސަރުކާރުން 27 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

އަންނަ އަހަރު ސިޔާސީ މުވައްޒަފުން 900 އަށްވުރެ އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވެއެވެ.

މި ލިއުމާއި ގުޅޭ