Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 123 މިލިއަން ރުފިޔާ ލިބިއްޖެ

އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 123.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ އިން 19 ނޮވެމްބަރުގެ ނިޔަލަށް ސަރުކާރަށް ވަނީ 123.1 މިލިއަން ރުފިޔާ ލިބިފައެވެ.

މިއީ ޓްރެފިކް ޖޫރިމަނާ އާއި، ކޮވިޑު-19 އާއި ގުޅިގެން ކުރެވުނު ޖޫރިމަނާތައް ފަދަ ޖޫރިމަނާތަކުން ސަރުކާރަށް ލިބުނު ފައިސާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި 201.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރު ލިބުނު މިންވަރު މަދުވެފައި ވަނީ ކޮވިޑު-19 ގެ ސަބަބުން މާލެ ސަރަހައްދު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 169.7 މިލިއަން ރުފިޔާއެވެ. ކޮވިޑު-19 އާއި ގުޅިގެންވެސް އެޅި ފިޔަވަޅުތަކަށް ބޯނުލަނބައިގެންވެސް ގިނަ އަދަދަކަށް މީހުން ޖޫރިމަނާ ކުރަމުން ދާއިރު މިއަހަރު ނިމެންވާއިރަށް ސަރުކާރުން އަންދާޒާ ކުރި މިންވަރަށް ފައިސާ ލިބޭނެ ކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ