Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޕީއެލްގައި ހިނގި 8 މިލިއަން ރުފިޔާގެ ވައްކަމެއް ޗެއާމަން ޒަކީ ހާމަކުރައްވައިފި

މާލެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެތެރޭގައި ހިނގި 8 މިލިއަން ރުފިޔާގެ ވައްކަމެއްގެ ވާހަކަ އެ ކުންފުނީގެ ޗެއާމަން ނަޒާކީ ޒަކީ ޓުވީޓެއްގައި ހާމަކުރައްވައިފިއެވެ.
ޗެއާމަން ޒަކީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑުނުކުރެއްވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވިއިރު، 4 މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމުގައިވެސް ޒަކީ ވިދާޅުވިއެވެ.
އޭގެ އިތުރަށް އެމްޕީއެލްގެ ޗެއާމަންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މި ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށެވެ.


ޒަކީ މިފަދައިން ވިދާޅުވުމާއެކު އެ ކުންފުނީގެ ބައެއް އެޗްއޯޑީންވަނީ އެ ޓުވީޓަށް ކޮމެންޓުކޮށް ތަހުގީގު ނުނިމެނީސް ގޮތް ނިންމަވައި އެކަން ޢާންމުކުރެއްވުމަކީ ދައުލަތުގެ ކުންފުންޏެއްގެ ޗެއާމަންގެ އަޚުލާޤާއި ވިސްނުން ނެތްކަން ދައްކުވައިދޭ ކަމެއް ކަމުގައެވެ.
"ދިޔަރެސް"އަށް އިތުބާރު ހުރި މަޞްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލްގައި މި މައްސަލަ ތަހުގީގު ފަށައި ދެ ޑިޕާޓުމެންޓެއްގެ ވެރިން ވަނީ ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސަސްޕެންޑު ކުރި މީހުންގެ ތެރެއިން ބައެއް މީހުން އަނބުރާ މަސައްކަތަށް ނެރެފައިވާ ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ޒަކީ ވިދާޅުވި ވައްކަމަކީ މާލެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު ހިނގި ވައްކަމެއްކަން ކަށަވަރުވެފައިވެއެވެ.
ޒަކީ ވިދާޅުވި ގޮތުގައި މިއީ ތެލާ ގުޅިފައިވާ ވައްކަމެކެވެ. މި ޚިޔާނާތުގެ މައްސަލަ އެއްވެސް އިދާރާއަކުން ބަލަމުންދާ ކަން އެނގިފައިނުވެއެވެ. އަދި ފޯނުން ގުޅަން މަސައްކަތްކޮށް ނުގުޅުމުގެ ސަބަބުން އެމްޕީއެލްގެ ބަހެއް ލިބިފައިނުވެއެވެ.
މި ލިއުމާއި ގުޅޭ