Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

އިސްލާމްދީނުގައި ސިޙުރުގެ ހުކުމާއި ސިޙުރުވެރިންނަށް އޮތް އަދަބު

އިސްލާމްދީން ބާވައިލެއްވީ އިންސާނުންގެ ދީނާއި ފުރާނައާއި މުދަލާއި ބުއްދިއާއި ޢިއްޒަތުއް ނަފްސު ރައްކާތެރިކުރެއްވުމުގެ މަތިވެރި މަޤުޞަދަށްޓަކައެވެ. އަދި މި ފަސް ޟަރޫރަތަކީ އިސްލާމްދީނުގައި އިންސާނުންގެ މަސްލަހަތުތައް ކަށަވަރުކޮށް އެބައިމީހުންނަށް ލިބޭ ގެއްލުންތައް ދުރުކޮށް ދަފަރާކުރުމަށް ކަނޑައެޅިފައިވާ އެންމެހައި ޙުކުމްތަކެއް އެ މައްޗަށް ބިނާވާ ފަސް އަސާސީ މަޤުޞަދެވެ.ސިޙުރުގެ ޙުކުމް
މިއިން ކޮންމެ ޤަވާޢިދަކަށް ބެލި ނަމަަވެސް ސިޙުރަކީ އެ ޤަވާޢިދު ފަސާދަކުރާ ކަމެކެވެ. ކުފުރާއި ސިޙުރަކީ ވަރަށް މަދުން ނޫނީ ވަކިވާ ދެކަމެއް ނޫނެވެ. އެއީ ޒިނޭއާއި މީހުންގެ އަނބުރަށް އަރައިގަތުމަށާއި، ބުއްދި ޤަތުލުކޮށް ޢާއިލީ ގުޅުންތައް ކަނޑުވައި، ދަރިފަސްކޮޅު ފަސާދަކުރާ ކަމެއް ނޫނެވެ.
މިހުރިހާ ސަބަބުތަކަށްޓަކައި އިސްލާމްދީނުގައި ސިޙުރުވެރިން ހުއްޓުވުމަކީ ވާޖިބެކެވެ. އަދި އޭނާގެ މައްޗަށް ޙައްދު ޤާއިމުކުރުމަކީ މުޖުތަމަޢަށް ކުރިމަތިވެފައިވާ ގެއްލުންތަކުން ސަލާމަތްކޮށްދެނެވި ކަމެކެވެ. ސިޙުރުވެރިން ގާތަށް ދިއުމާއި، އެ މީހުންގެ ކިބައިން މަދަދު ހޯދުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ.
ސިޙުރުވެރިޔާގެ ޢަމަލުގެ ޙުކުމާމެދު ޖުމްހޫރު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އިމާމް މާލިކާއި އަބޫ ޙަނީފާއާއި އިމާމް އަޙްމަދު ބިން ޙަންބަލް މަޛުހަބުގައި ސިޙުރަކީ ކުފުރުވަނިވި ޢަމަލެކެވެ. ޝާފިޢީ މަޛުހަބުގައި ބަލަނީ އޭނާގެ ޢަމަލުގެ ޠަބީޢަތަށެވެ. އެ ޢަމަލަކީ ކުފުރުގެ ޢަމަލެއް ކަމުގައިވާނަމަ، ކާފަރުވާނެއެވެ.
ޖުމްހޫރު ޢިލްމުވެރިންގެ ދަލީލަކީ މާތްﷲގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ މާނައީ:سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.)
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ދަލީލަކީ ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ އަންނަނިވި ޙަދީސް ބަސްފުޅެވެ. އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. اجتنبوا السبع الموبقات، قالوا: يا رسول الله وما هن ؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات المؤمنات الغافلات މާނައީ: ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސް ކުރެއްވިއެވެ. ހަލާކުކުރުވަނިވި ހަތް ފާފައާ ތިޔަބައިމީހުން ދުރުވާށެވެ. ޞަޙާބީން ދެންނެވިއެވެ. އޭ މާތްﷲ ރަސޫލާއެވެ. އެ ކަންކަމަކީ ކޮބައި ހެއްޔެވެ؟ އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. މާތްﷲއަށް ޝިރުކުކުރުމާއި، ސިޙުރު ހެދުމާއި، މާތްﷲ ޙުރުމަތްތެރިކުރެއްވި ނަފުސެއް ޙައްޤަކާ ނުލައި މެރުމާއި، ރިބާ ކެއުމާއި ޔަތީމާގެ މުދާ ކެއުމާއި ހަނގުރާމައިގެ ދުވަހުގައި ފަސްދީ ފިލަން ދުވުމާއި، ޣާފިލު މުއުމިން ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރުމެވެ.
މި ޙަދީސުގައި ޝިރުކާއި ސިޙުރު ވަކިން އައިސްފައިވުމުން ކޮންމެ ސިޙުރަކީ ޝިރުކެއް ނޫންކަން އެނގޭ ކަމުގައި ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.ސިޙުރުވެރިޔާއަށް އޮތް އަދަބު
އިސްލާމްދީނުގައި ސިޙުރުވެރިޔާއަށް ދޭނެ އަދަބާމެދުމެދުގައި ފަޤީހުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް އެބައޮތެވެ. އެގޮތުން ޙަނަފީ މަޛުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދެ ޙާލަތެއްގައި ސާޙިރުގެ ޙުކުމަކީ ޤަތުލުކުރުމެވެ. އެއީ ކުފުރެއް ނުހިމެނުނު ނަމަވެސް އެއިން ގެއްލުމެއް ލިބި ފަސާދައެއް އުފައްދަނިވި ސިޙުރެއް ހެދިކަން ސާބިތުވެއްޖެނަމަ ސިޙުރުވެރިޔާގެ ޙުކުމަކީ ޤަތުލުކުރުމެވެ. އަދި ސިޙުރުގައި ކަނޑައެޅިގެން ކުފުރެއް އެކުލެވޭނަމަ، އަދަބަކީވެސް ޤަތުލެވެ.
ޙަންބަލީ މަޛުހަބުގައި ސިޙުރުވެރިޔާގެ ސިޙުރުން އެހެން މީހަކު ޤަތުލުނުކުރި ނަމަވެސް އޭނާގެ ޙުކުމަކީ މެރުމެވެ. އެހެންނަމަވެސް އެ ބޭފުޅުންވެސް ދެ ޝަރުޠެއް އެކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެއީ ސިޙުރުވެރިޔާގެ ސިޙުރަކީ ކުފުރު އެކުލެވިގެންވާ ސިޙުރެއް ކަމުގައިވުން ނުވަތަ ސިޙުރަކީ ހުއްދަ ކަމެއް ކަމުގައި ޤަބޫލުކޮށްގެން ސިޙުރު ހެދުމެވެ. ދެވަނަ ޝަރުޠަކީ އޭނާއަކީ މުސްލިމެއް ކަމުގައިވުމެވެ. ޛިންމީއެއް ކަމުގައިވާނަމަ ސިޙުރު ހެދުމުގެ ކުށުގައި އޭނާ ނުމެރޭނެއެވެ.ޝާފިޢީ މަޛުހަބުގައި ކުފުރެއް ކަމުގައި ނުވާ ސިޙުރެއް ހަދައިގެން މީހަކު ޤަތުލެއް ނުކުރެވޭނެއެވެ. ނަމަވެސް އޭނާ ހެދި ސިޙުރުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، ޤިޞާޞުގެ އަދަބު ދީ އޭނާ ޤަތުލުކުރެވޭނެ ކަމަށްވެސް ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ސިޙުރަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ސިޙުރުގެ ފަރުވާއަށް ކަނޑައަޅުއްވާފައިވާ ރުޤުޔާ ހެދުމުގެ ނަމުގައި ބައެއް މީހުން ސިޙުރު ހަދައެވެ. ފަރުވާ ހޯދަން އެދޭ މީހުން ލައްވައި ޝިރުކުގެ ޢަމަލުތައް ހިންގައެވެ. މިފަދަ ކަންކަން
މި ލިއުމާއި ގުޅޭ