Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކަލްބަޖާރު ސަރަހައްދާއި ރަސްމީކޮށް އަޒަރުބައިޖާނުން ހަވާލުވެއްޖެ

މީގެ ކުރިން އަރްމޭނިއާއިން ހިސާރުކޮށްފައިވާ ކަލްބަޖާރު ސަރަހައްދާއި އަޒަރުބައިޖާނުން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

އަރްމޭނިއާއިން ކަލްބަޖާރަށް ވެރިވެފައިވަނީ މީގެ 27 އަހަރު ކުރިންނެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ އަޒަރުބައިޖާން މީހުން މަރާލައި ގިނަ ބަޔަކު އެ ސަރަހައްދުން ބޭރު ކުރިއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އަޒަރުބައިޖާނުން، އަރްމޭނިއާ އިން ހިސާރުކޮށްފައިވާ ސަރަހައްދުތައް ހިފަން ފެށި ހަނގުރާމާގައި އަޒަރުބައިޖާނަށް ކާމިޔާބު ލިބުމުގެ ސަބަބުން ކަލްބަޖާރު ސަރަހައްދުވެސް އަޒަރުބައިޖާން އާއި ހަވާލު ކުރުމަށް އަރްމޭނިއާ އިން އެއްބަސްވިއެވެ.

ރަޝިޔާ އިސްވެ އޮވެ އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ނޮވެމްބަރު 15 ދުވަހު ކަލްބަޖާރު ހަވާލުކުރަން ޖެހެއެވެ. ނަމަވެސް އަރްމޭނިއާ އިން އެދިގެން އަޒަރުބައިޖާނުން ވަނީ އިތުރު 10 ދުވަހުގެ މުއްދަތު ދީފައެވެ. ރޭ 12 ޖެހިއިރު އަޒަރުބައިޖާންގެ ސިފައިން ކަލްބަޖާރަށް ވަދެ އެ ސަރަހައްދާއި ހަވާލުވިއެވެ.

ކަލްބަޖާރުގައި އުޅުނު އަރްމޭނިއާ މީހުން ވަނީ އެތަނުން ފޭބުމުގެ ކުރިން ދަނޑުބިންތަކާއި، އެތަނުގައި ހުރި އިމާރާތްތަކާއި، އެހެނިހެން ތަކެތި ހަލާކުކޮށްލާފައެވެ.

މި ލިއުމާއި ގުޅޭ