Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޤުރުއާނުގެ އާޔަތް ކިޔުމާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅަށް ޑރ.އަޙްމަދުގެ ރައްދު

ރައްޔިތުން މަޖިލިހުގެ ބަޙުސްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތް ކިޔުމާ ގުޅޭ ގޮތުން އެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ރައްދުދެއްވައިފިއެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމް ކީރިތި ޤުރުއާނުގެ އާޔަތެއް ވިދާޅުވާން ފެއްޓެވުމުން ރައީސް ނަޝީދު އެކަން ހުއްޓުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ޤުރުއާން ހިތްޕުޅުން ދަސް ބޭފުޅެއް ނޫން ކަމުގައެވެ. އަދި މަޖިލިހުގެ ގިނަ މެންބަރުންނަކީވެސް ޤުރުއާން ހިތްޕުޅުން ދަސް ބޭފުޅުން ނޫން ކަމަށާއި މަޖިލިހުގައި ޝައިޚުން ނެތް ކަމުގައެވެ. އެހެންކަމުން ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ބޭނުންކޮށްފާނެތީ ޤުރުއާނުގެ އާޔަތް ވިދާޅުވުމަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ.

އިސްލާމީ ޝަރީޢަތާއި، ދުސްތޫރީ ނިޒާމަށް އަހްލުވެރި ނޫން މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުރުމަކީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވައިކޮށްގެން ތިބޭ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަޙްޘުތަކުގައި ޤުރުޢާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއް ނޫން— Dr. Ahmed Abdulla Didi (@AABDULLADIDI) November 24, 2020

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން އެމަނިކުފާނު އެފަދައިން ވިދާޅުވީ ޤުރުއާނާމެދު ދެކެވަޑައިގަންނަވާ ގޮތެއްގެ ސަބަބުން ކަމުގައި ސަލީމް ވިދާޅުވިއެވެ. ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ އެފަދައިން ވިދާޅުވީ ޤުރުއަނަށް އިހުތިރާމުކުރައްވާ މިންވަރުގެ ބޮޑު ކަމުން ކަމުގައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ބައިނަލްއަޤުވާމީ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޑރ.އަޙްމަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އިސްލާމީ ޝަރީޢަތާއި، އިސްލާމީ ދުސްތޫރީ ނިޒާމު އެނގިވަޑައިނުގަންނަވާ އަދި އެނިޒާމާ އަހުލުވެރިނޫން ބޭފުޅަކު މަޖިލިހުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވުމަކީ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވައިކުރައްވައިގެން ތިއްބަވާ މަޖިިލިސް މެންބަރުން މަޖިލިހުގެ ބަހުސްތަކުގައި ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއް ނޫން ކަމުގައެވެ.

ރައީސް ނަޝީދު މަޖިލިހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމުވެރިންވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ