Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގަންނަވާނީ މައްސަލަތަކުގެ ހައްލާއެކު: ޣައްސާން

2023 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން އަދި އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޤައުމުގައި މިހާރު އުފެދެމުންދާ މައްސަލަތަކުގެ ހައްލާ އެކީގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގުރާމުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދަރަންޏާ ގުޅޭ ގޮތުން ހޯރަފުށީ އެއާޕޯޓު ހުޅުވައިދެއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ޣައްސާން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ޒަޢާމަތުގައި ދަރަނި ނަންގަވާފައިވަނީ ރައްޔިތުންގެ މަޖިލިހަށްވެސް ހުށަހަޅުއްވައިގެން ކަމަށެވެ. އަދި ދަރަނި ނަންގަވާ މިންވަރުތަކާ ގުޅިގެން ނޫސްތަކުގައި ޚަބަރުވެސް ލިޔަމުންދިޔަ ކަމުގައި ޣައްސާން ފާހަގަކުރެއްވިއެވެ. އެހެންކަމުން މައްސަލަތައް ހައްލުކުރާނެ ގޮތެއް އެނގިވަޑައިނުގެން ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވައި ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ދެއްކެވީ ކީއްވެތޯ ޣައްސާން ސުވާލު އުފެއްދެވިއެވެ.
ޣައްސާން އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއި ނަގަމުންދާ ލޯނުތަކުގެ މިންވަރު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައެވެ. އަދި އެ މަޢުލޫމާތު ވީވަރަކުން ރައީސް ޢަބްދުﷲ ޔާމީނާ ހިއްސާކުރައްވަމުން ގެންދަވާ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ޤައުމުގެ ވެރިކަމާ ހަވާލުވާއިރު އެ ބޭފުޅުން ތިއްބަވާނީ އަދި ރައީސް ޔާމީން ހުންނަވާނީ މިކަންކަން ހައްލުކުރައްވާނެ ގޮތްތައް ރާއްވަވައިގެން ކަމުގައެވެ.
އަދި ރައީސް ސޯލިހު ހޯރަފުށީގައި ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނަށް ވަޒީރުންނާއި އަރިހުގައި ތިއްބެވި މައުލޫމާތު ކަމަށާއި އެކަމުގައި ރައީސަށް ފާޑުވިދާޅުނުވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. "ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނަށް ފާޑުކިޔާކަށް ނެތިން. އެމަނިކުފާނު ދެއްވަނީ ވަޒީރުންނާއި އަރިހުގައި ތިއްބަވާ ބޭފުޅުން ދެއްވާ މައުލޫމާތު. ރައީސަށް ދެއްވަންވާނީ ޞައްޙަ މައުލޫމާތު. އެ ދުވަހު ވިދާޅުވެވުނީ ރަނގަޅަކަށް ނޫން ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ރިޒާވުގައިވެސް ފައިސާ ހުންނާނެ. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ކިޔާފައި އުފެއްދެވި ފަންޑުގައިވެސް ހުންނާނެ ފައިސާ." ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގައި ދަރަނި މެނޭޖުކުރެއްވުމަށް އެޅުއްވި ބައެއް ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީން އަރިހުގައި ސަރުކާރުގައި އުޅުއްވި ބޭފުޅެއްގެ ހައިސިއްޔަތުން، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ދައުލަތުގެ ދަރަނި ކުޑަކުރެއްވުން ކަމުގައި ވިދާޅުވާން އެދިވަޑައިގަންނަވާ ކަމުގައެވެ. އެގޮތުން ފުރަތަމަ ދެ އަހަަރުގެ ޚަރަދުތައް ކުޑަކުރައްވައި، އެތެރޭގެ ދަރަނި ކުޑަކުރެއްވުމުގެ ގޮތުން ދަރަނި އަހަރުތަކަކަށް އަދި މަސްތަކަށް ބަހާލައިގެން ދެއްކުމަށް އެ ދަރަނި ދިން ފަރާތްތަކާއެކު އެއްބަސްވުން ހެއްދެވި ކަމުގައި ޣައްސާން ވިދާޅުވިއެވެ.
ހަމައެހެންމެ ދައުލަތުން ނަގާފައިވާ ބޭރުގެ ދަރަނި ކުޑަކުރެއްވުމަށް އެމްއެމްއޭގ މިނިމަމް ރިޒާވް ކުޑަކުރެއްވި ކަމަށާއި، އެކަމުގެ ސަބަބުން އިޤުތިޞާދުގައި ދައުރުކުރާ ބޭރުފައިސާގެ ޢަދަދު އިތުރުވެ، އިޤުތިޞާދީ ހަރަކާތް އިތުވި ކަމުގައި ފާހަގަކުރެއްވިއެވެ. ޣައްސާން ވިދާޅުވީ އެކަމުގެ ސަބަބުން އިންވެސްޓަރުން އިތުބާރު އިތުރުވެ، ފައިސާ ހޯއްދަވަން ފަސޭހަވި ކަމަށާއި، ރައީސް ޔާމީން ލޯނުގެ ގޮތުގައި ހޯއްދެވި ފައިސާ ޚަރަދު ކުރެއްވީ ރައުސުލްމާލުތައް އުފެއްދެވުމަށް ކަމުގައާއި، އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ނުނިމިހުރި ބައެއް ކަންކަން ނިންމެވި ކަމަށާއި، ދެވަނަ ފިޔަވަަހި ހިއްކަވައި އެތަނުގައި މަޝްރޫޢުތައް ހިންގެވި ކަމުގައި ޣައްސާން ވިދާޅުވިއެވެ.
ބުރިޖަަށް އިޝާރާތްކުރައްވައި ޣައްސާން ވިދާޅުވީ ބުރިޖަކީ ހަމައެކަނި ދަތުރުކުރަން އޮތް ތަނެއް ނޫން ކަމުގައެވެ. އެއީ މާލެއާއި ހުޅުމާލޭގެ ފެނާއި ކަރަންޓާއި ގުޅުވައިލެވޭ ގޮތަށް އޮތް ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓުގެ ތަރައްޤީއަކީ އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ރާއްޖެއަށް އާދެވޭ މިންވަރަށް އެއާޕޯޓުގެ ޖާގައާއި ޤާބިލުކަން ތަނަވަސްކުރަން ފެއްޓެވި މަޝްރޫޢެއް ކަަމުގައި ޣައްސާން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ފަތުރުވެރިކަމުގެ 24،000 އެނދު ކަމަށާއި އެމަނިކުފާނު މަޤާމުން ވަކިވެވަޑައިގެންނެވިއިރު 48،000 އެނދަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ނަންގަވާފައިވާ ޖުމްލަ ދަރަންޏާއި މި ސަރުކާރުގެ ދަރަންޏާ ގުޅޭ ގޮތުންވެސް ޣައްސާން ވާހަކަދެއްކެވިއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ނަންގަވާފައިވަނީ 1.6 ބިލިއަން ޑޮލަރު ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެކަނި 1.7 ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާ ކަމުގައި ވިދާޅުވިއެވެ. "އެކަމަކު މިދެންނެވި ފަދަ ބުރިޖުތަކެއް އިމާރާތްތަކެއް ފެންނާކަށް ނެތް ޚަރަދުކުރައްވާފައި ހުރީ ރިކަރަންޓު ޚަރަދަށް. މިއީ ހަމަ އަނދަވަޅަކަށް އަޅާލާފައި މިހިރީ މި ފައިސާތައް." ސަރުކާރުން ޚަރަދުކުރާ ގޮތަށް ފާޑުވިދާޅުވެ ޣައްސާން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ