Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޚިޔާލު ތަފާތުވިޔަސް ރައީސް މައުމޫނާއި އަޒްހަރަށް ޖޯކުޖަހައިގެން ނުވާނެ: ޑރ.ޝަހީމް

ސިޔާސީ ގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ޚިޔާލު ތަފާތުވި ނަމަވެސް އެމަނިކުފާނަށާއި، އެމަނިކުފާނު ކިޔަވާވިދާޅުވި އަލްއަޒްހަރު ޔުނިވަރސިޓީގެ ޢިލްމީ ފެންވަރަށް ޖޯކުޖަހައިގެން ނުވާނެ ކަމުގައި އިދިކޮޅު ކޯލިޝަނުގެ މުސްތަޝާރު އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް މައުމޫނަކީ އަޒްހަރުން ވަޑައިގެންނެވި މުދިމެއް ކަމަށާއި، އެމަނިކުފާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ލިބޭ ފައިދާ އެނގިވަޑައިގަންނަވާ މިންވަރަށްވުރެ ވިސްނުންފުޅެ ކޮށި ބޭފުޅެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ބިލައްދޫ ދާއިރާ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ސިފަކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫނަކީ މި ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ޕާޓުނަރުން ތެރެއިން އެއް ލީޑަރެވެ. އެމަނިކުފާނަށް ފާޑުވިދާޅުވެ އެމްޑީޕީގެ މަޖިލިސް މެންބަރުން ދޭތެރެދޭތެރެއިން ބަހުގެ ހަމަލާތައް ރައްދުކުރައްވައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު ރައީސް ޢަބްދުﷲ ޔާމީނުގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ.ޝަހީމް ރައީސް މައުމޫނުގެ ދިފާޢުގައި ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވި ނަމަަވެސް ރައީސް މައުމޫނާއި އަޒްހަރުގެ ޢިލްމީ ފެންވަރަށް ޖޯކުޖަހައިގެން ނުވާނެ ކަމުގައެވެ. ހަމައެހެންމެ ރައީސް މައުމޫނަކީ ދިވެހިރާއްޖެ ދުށް ވަރަށް ބޮޑު މުފައްކިރެއް ކަމުަގއިވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.
އަދި ރައީސް މައުމޫނަކީ މުދިމެއް ކަމުގައި ވިދާޅުވެ ދޮންބިލެތް އަމާޒުކުރެއްވި ފާޑުކިޔުމަށް ރައްދުދެއްވަމުން ޑރ.ޝަހީމު ވިދާޅުވީ އިސްލާމީ ޤައުމެއްގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އިމާމުވެ ނަމާދުކުރެއްވުމަކީ ވެރިކަމުގެ ޝަޚުޞިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ.
ރައީސް މައުމޫނު ތަޢުލީމު ޙާޞިލުކުރެއްވި އަލްއަޒްހަރު ޔުނިވަރސިޓީއަކީ އިސްލާމީ އުންމަތުގެ ފަޚުރުވެރި ޢިލްމީ ކިއްލާއެއް ކަމަށާއި އެއީ 1،000 އަހަރުވެފައިވާ ޢިލްމީ މުއައްސަސާއެއް ކަމުގައިވެސް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ. އަދި އެޔުނިވަރސިޓީން ޢިލްމު އުނގެނިވަޑައިގެންނެވި ވަަރށް ގިނަ ބޭފުޅުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤައުމުތަކުގެ ވެރިންގެ ގޮތުގައާއި އެނޫންވެސް ގޮތްތަކުން އިންސާނިއްޔަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ