Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެހެން ޤައުމެއް ނަމަ ފެންނާނީ އިމްރާން އިސްތިއުފާދެއްވި މަންޒަރު: މީކާއީލް

ޖިންސީ ގޯނާގެ އަމަލުތަކަކީ ކުޑަ ކަމެއް ކަމުގައި ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެހެން ޤައުމެއް ނަމަ، ފެނުނީހީ މަޢާފަށް އެދިވަޑައިގަތުމާއެކު މަޤާމުން އިސްތިއުފާދެއްވާ މަންޒަރު ކަމުގައި ރައްޔިތުން މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިފަދައިން ވިދާޅުވީ، މާލޭގައި ޓެކްސީ ދަތުރުކުރުމުގެ މަސައްކަތްކުރާ ހަމައެކަނި އަންހެން ޑުރައިވަރަށް ހަމަލާދޭ މައްސަލާގައި މިއަދު މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލާގައި ބަހުސްކުރައްވަމުންންވެ. އާމިނަތު ވަހީދާއަށް ދެމުންދާ ހަމަލާތަކަކީ އޭނާ ވަކި މިންތިއަކަށް ނުވަތަ ޖިންސަކަށް ނިސްބަތާވާތީ ދޭ ހަމަލާތަކެއް ކަމުގައި މީކާއީލް ވިދާޅުވިއެވެ. އަދި ފަސް ފަހަރެއްގެ މަތިން އާމިނަތު ވަޙީދާއަށް ހަމަލާދީފައިވާއިރު، އެކަން ތަހުގީގުކުރެވި އެކަންކުރާ މީހާއަށް ފިޔަވަޅު ނޭޅުމުން އެނގެނީ މިފަދަ ކަންކަމަށް ތަހުގީގީ އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކަމުގައިވެސް މީކާއީލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހިނގާފައިވަނީ ޢާންމުން ތިބޭ ތަނެއްގައިވެސް، ނުވަތަ ޕަބްލިކް ތަނެއްގައިވެސް ހިނގާފާނެ ވަރުގެ ކަމެއް ކަމަށެވެ. އަދި އެއީ އެކަން ހިނގުމުން ކަމެއް ވިކަންވެސް ނޭނގޭ ވަރުގެ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ޢިމްރާންގެ އެ ވާހަކަފުޅަކީ މިންތީގެ މައްޗަށް ބިނާވެފައިވާ ކުށްތަކަށް ދެވޭ ހިތްވަރެއްކަމުގައި ޤަބޫލުކުރައްވާ ކަމުގައި މީކާއީލް ވިދާޅުވިއެވެ. "މީހަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގީމައި، ފުލުހުންގެ މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ކަމުގައި ވިދާޅުވީމައި އަޅުގަނޑަށް ހީވަނީ ޖުމްލަ ގޮތެއްގައި މިކަހަލަ އަމަލުތަކަށް ހިތްވަރުދެވޭހެން." މީކާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ޢިމްރާން މަޢާފަށް އެދިވަޑައިގެންފައިވާކަން ޤަބޫލުކުރައްވާ ކަމުގައި މީކާއީލް ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމެއް ކަމުގައިވާނަމަ، މަޢާފަށް އެދިވަޑައިގަތުމާއެކު މަޤާމުން އިސްތިއުފާދެއްވީސް ކަމުގައިވެސް މީކާއީލް ވިދާޅުވިއެވެ. "އެހެންނަމަވެސް އެހެން ޤައުމެއްގައި ނަމަ އަޅުގަނޑުމެންނަށް ފެންނާނީ މަޢާފަށް އެދުމާއެކު ރައީސްގެ އަތްޕުޅަށް އިސްތިއުފާގެ ސިޓީދެއްވާތަން" މީކާއީލް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ