Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްތަނެއްގައި ހޯމް ކަރަންޓީން ވުމުގެ އުސޫލު އާންމުކޮށްފި

10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތައް އެއްތަނެއްގައި ފުރަބަންދު ކަރަންޓީން ވުމުގައި ޢަމަލު ކުރަންވީގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންކޮށްފިއެވެ.
ފުރަބަންދު ކަރަންޓީން ވާން އަންނަ މީހުންގެ އަދަދު 10 މީހުންނަށްވުރެ އިތުރު ވާނަމަ، އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން، ކޮވިޑް-19 ގެ ސްޕްރެޑް އޮތް ތަނަކުން ސްޕްރެޑް ނެތް ތަނަކަށް ދާނަމަ ނުވަތަ ރާއްޖޭން ބޭރުން އަންނަ ބިދޭސީ މަސައްކަތްތެރިން ރަށަކަށް ދާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދައި އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާން ޖެހޭނެއެވެ. އުސޫލުގައި ވާގޮތުން ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ކޯވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ ދަތުރުނުކޮށް މަޑުކުރަން ޖެހެއެވެ. އަދި އުސޫލުގައި ވާ ގޮތުން އެފަދަ ހާލަތެއްގައި ދަތުރު ކުރަންވާނީ އަލާމާތްތައް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑިއިރު ވުމަށްފަހުގައެވެ.
ކަރަންޓީންވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީންވުމުގެ އުސޫލާއި އެއްގޮތަށް 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވެގެންދާނެއެވެ.
ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ސްޕޮންސަރ ކޮށްގެން، ވަކި މަސައްކަތަކަށް ނުވަތަ ޓްރެއިނިންގްއަކަށް ނުވަތަ އެފަދަ އެހެން ކަމަކަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ކޯވިޑް-19ގެ ބަލިފެތުރިފައިވާ ރަށަކުން ބަލި ފެތުރިފައިނުވާ އެހެން ރަށަކަށް، 10 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ކަރަންޓީން ވެ ތިބުމަށް ހަމަޖައްސައިގެން ފުރަބަންދު ކަރަންޓީނަށް ދާނަމަ މި އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމުގައި އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި މި އުސޫލުގެ މަޤްސަދަކީ އެކުގައި ފުރަބަންދު ކަރަންޓީނަށް ދާ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރިގެން ދިއުން ކުޑަކުރުން ކަމުގައިވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވާ ރާއްޖެއަށް އަންނަ ބިދޭސީން ރާއްޖެއައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑިއިރު ގެ ތެރޭގަ ސާމްޕަލް ނަގާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓް ރިޒަލްޓެއް އޮންނަންޖެހެއެވެ.
މި ލިއުމާއި ގުޅޭ